ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
MS/IUL/2018/އީއުލާން ނަންބަރު: 17
ޢިއުލާނުގެ ވަނަ: 1
ޕްރޮޖެކްޓް ނަންބަރު:2018/09
2019 ވަނައަހަރު ފެށެންވާއިރަށް މަޖީދިއްޔާ ސްކޫލުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
- ދާރުލް ޢުލޫމުގެ ސީލިންގް އަދި ދިޔަދޮވިން ފެންލީކް ވާ ތަންތަން މަރާމާތުކޮށް ބަދަލު ކުރުން.
- ސްކޫލް އެންމެހާ ކްލާސް ރޫމް ތަކުގެ އެތެރެ އަދި ބޭރު ފާރުގައި ކުލަލުމާއި، ސިޑި އަދި ދޮރުތަކުގައި ދަވާދު ލުން.
- 5 ކުލާސް ރޫމުގެ މުށި ބަދަލު ކުރުން
ވީމާ މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމަތު ސާފު ކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
13 ޑިސެންބަރ 2018 ވާ ބުރާސަފަތި ދުވަހުގެ 10:00 ގައި (އިދާރީ އޮފީހުގައި) |
18 ޑިސެމްބަރ 2018 ވާ އަންގާރަަ ދުވަހުގެ 10:00 ގައި (އިދާރީ އޮފީހުގައި) |
އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ކުލަ ލުމާއި މަރާމަތުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީ އަދި އައިޑީ ކާޑާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3314303ނުވަތަ 7793747 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ޝުކުރިއްޔާ