ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާނުގެ މުއްދަތު އިތުރު ކުރުން

އިޢުލާން

                                                  ނަންބަރު: (IUL)412/412/2018/24

އިޢުލާނުގެ މުއްދަތު އިތުރު ކުރުން:

     ކޮނޑޭ ބަނދަރު ސަރަޙައްދުގައި ހިޔާ އިމާރާތްކޮށް ހިޔާގެ އިންފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)412/412/2018/23 އިޢުލާނުގެ މުއްދަތު ވަނީ އިތުރު ކުރެވިފައިވާތީ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

މަޢުލޫމާތު ސާފް ކުރުން: 18 ޑިސެމްބަރ 2018    13:00 އަށް ކޮނޑޭ ކައުންސިލް އިދާރާގައި.

އަންދާސީ ހިސާބު ހުށަހަޅުން: 25 ޑިސެމްބަރ 2018 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާގައި.

ވީމާ، މަތީގައި ބަޔާން ކޮށްފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފް ކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރީ ތަކަށެވެ.

މަޢުލޫމާތު ސާފް ކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި، ތަމްޞީލް ކުރާ ކުންފުނި، އިންވެސްޓްމެންޓް ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ވަޑައިގަންނަވާފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ.

11  ޑިސެމްބަރ  2018

 

11 ޑިސެންބަރު 2018
ހޯދާ