ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2019 ވަނަ އަހަރު މި މަރުކަޒުގެ ސެކިޔުރިޓީ ބެލެހެއްޓުން

2019ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

 

           2019 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރެވުނުނަމްބަރ: (IUL)GS-02/IUL/2018/47 އިޢުލާނާއި ގުޅިގެން އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެ އަންދާސީ ހިސާބުތައް ބާޠިލުކޮށް އަލުން އެކަމަށް އިޢުލާނުކުރަމެވެ.

              ވީމާ، 1 އަހަރު ދުވަހުގެ މުއްދަތަށް (2019 ޖެނުއަރީ 1 ން 2019 ޑިސެމްބަރ 31 ގެ ނިޔަލަށް) މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 17 ޑިސެމްބަރ 2018 ވަނަ، ދުވަހުގެ 11:00 އަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  20 ޑިސެމްބަރ 2018 ވަނަ، ދުވަހުގެ 11:00 އަށް މިމަރުކަޒަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުންއެދެމެވެ.

             އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުނުކުރަށްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ގުޅުއްވާނީ 6528912 ނަމްބަރަށެވެ.

 

11 ޑިސެންބަރު 2018
ހޯދާ