ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކެމްޕަހުގެ ގޭޓު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ވިޔަފާރީގެ އުޞޫލުން އަމިއްލަ ތަކެތީގައި މި މަދަރުސާގެ ކެމްޕަހުގެ ގޭޓު ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވުމާއެކު، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަން ވާނެއެވެ.

 

އައިޓަމް/ތަފްޞީލު

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

16-12-2018

އާދީއްތަ

10:00

ގދ.އަތޮޅު މަދަރުސާ އެ އޮފީސް

އަންދާސީ ހިސާބު ހުށަހެޅުއްވުން

20-12-2018

ބުރާސްފަތި

10:00

ގދ.އަތޮޅު މަދަރުސާ ގެ އޮފީސް

 

10 ޑިސެންބަރު 2018
ހޯދާ