އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބު ތައްޔާރުކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބު އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމާބެހޭ

ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބު ތައްޔާރުކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ މާލީ ހިސާބު އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމާބެހޭ

ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) ގެ ދަށުން އޮޑިޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ އެކްސްޓާރނަލް އޮޑިޓްކުރުމާއި، އޮޑިޓް ޤާނޫނުގެ 5 ވަނަ މާއްދާގެ (ކ) ން އޮޑިޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް އެކްސްޓާރނަލް އޮޑިޓަރުން އައްޔަނުކުރުމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާކަމެއްގެ ގޮތުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

އެހެންކަމުން، ދައުލަތުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުގެ އަހަރީ މާލީ ހިސާބު އެކުންފުންޏެއްގެ މާލީ އަހަރު ނިމޭތާ 3 މަސް ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ދަންނަވަމެވެ.

ދައުލަތުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން ޕަބްލިކް ކުންފުނިތަކާއި މާލީ އިދާރާތަކާއި އިންޝުރެންސް ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތަކުގެ މާލީ ހިސާބު ތައްޔާރުކުރުމުގައި އިންޓަރނޭޝަނަލް އެކައުންޓިންގެ ސްޓޭންޑަޑްސް ބޯޑް (އައި.އޭ.އެސް.ބީ) އިން ނެރެ ޝާއިޢުކޮށްފައިވާ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑް ފޯރ ސްމޯލް އެންޑު މީޑިއަމް އެންޓިޓީސް (އައި.އެފް.އާރު.އެސް ފޯރ އެސް.އެމް.އީސް) އަށް ޢަމަލުކުރުމަށް މިއޮފީހުން ލަފާދެމެވެ. އަދި، ދައުލަތުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން ޕަބްލިކް ކުންފުނިތަކާއި މާލީ އިދާރާތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ މާލީ ހިސާބު ތައްޔާރުކުރުމުގައި އިންޓަރނޭޝަނަލް އެކައުންޓިންގް ސްޓޭންޑަޑްސް ބޯޑް (އައި.އޭ.އެސް.ބީ) އިން ނެރެ ޝާއިޢުކޮށްފައިވާ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް (އައި.އެފް.އާރު.އެސް) އަށް ޢަމަލުކުރުމަށްވެސް ލަފާދެމެވެ.

29 ޑިސެންބަރު 2013
ހޯދާ