ދިވެހިރާއްޖެ
ފުނަދޫ ސްކޫލް
ށ.ފުނަދޫ
ދިވެހިރާއްޖެ.
ނަންބަރު: (IUL)GS-59-B/INDIV/2018/36
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ އިމާރާތްތަކުގެ ނަލަފިލާ މަރާމާތުކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 16 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޑިސެމްބަރ 23 ވާ އާދީއްތަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 6540540 އަށް ގުޅުއްވުން އެދެމެވެ.
3 ރަބީޢުލްއާޚިރު 1440
10 ޑިސެމްބަރ 2018