ދިވެހިރާއްޖެ
ނަންބަރު :19/IUL)425-CB/1/2018)
އިޢުލާނު
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، 2018 ޑިސެމްބަރ 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލް އަދި ޤާޒީ ސްކޫލް (ހުޅުމާލެ) ގައި މެންދުރު 14:00 އިން ހަވީރު 17:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގައި ނިމޭތާ 30 (ތިރީސް) މިނިޓުގެ ފަހުންނެވެ.
އެއް ބޭފުޅަކަށް ވުރެ އިތުރަށް ކެންޑިޑޭޓުން ކުރިމަތި ލެއްވުމާ ގުޅިގެން ވޯޓް ފޮށި ބަހަޓަން ހަމަޖެހިފައިވަނީ 7 ދާއިރާއެއްގެއެވެ. އެދާއިރާތަކަކީ:
T-01ހުޅުމާލެ
T-02މެދު ހެންވޭރު
T-05ގަލޮޅު އުތުރު
T-06ގަލޮޅު ދެކުނު
T-07މައްޗަންގޮޅި އުތުރު
T-10މާފަންނު ހުޅަނގު
T-15މައްޗަންގޮޅި މެދު
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
3 ރަބީޢުލްއާޚިރު 1440