ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
3 ކޮޓަރީގެ އެޕާޓްމަންޓެއް ފަރިނީޗަރާއެކު ކުއްޔަށް ހިފުން

ނަމްބަރ: GS-26/IUL/2018/41

     

އިޢުލާން

3 ކޮޓަރީގެ އެޕާޓްމަންޓެއް (ފަރުނީޗަރާއެކު) ކުއްޔަށްހިފަން ބޭނުންވެއްޖެ.

  2019  ވަނަ އަހަރު މި ސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް ތިން ކޮޓަރީގެ އެޕާޓްމަންޓެއް (ފަރުނީޗަރާއެކު) ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު GS-26/IUL/2018/38 އިޢުލާނާއި ގުޅިގެން އެއްމެފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވާތީ، އެ އިޢުލާން ބާތިލްކޮށް ދެވަނަފަހަރަށް އަލުން އިޢުލާން ކުރަމެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 9:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަރުކަޒަށް ބަލައިގަންނާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ރަބީޢުލްއައްވަލް 1440

6 ޑިސެމްބަރ     2018          

06 ޑިސެންބަރު 2018
ހޯދާ