ދިވެހިރާއްޖެ
މި ސްކޫލްގެ 2019 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓް ސޯސްކޮށްގެން ހިންގާބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 11:00 އަށް ސްކޫލަށް ޙާޟިރުވެ މަޢުލޫމާތުސާފު ކުރެއްވުމަށްފަހު 17 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އޮފީހުގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގައާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގެންނެވޭނަމަ ސިޓީ އަކާއެކު ބަދަލުވުމަށް އެހެން ބޭފުޅަކު ފޮނުވި ދާނެއެވެ.
ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިގޮތުން މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮންކުންފުންޏެއްކަން އެގޭނެ ލިޔުމެށް ހުށަހަޅުންވަންވާނެއެވެ. އަދި އަމިއްލަ ފަރާތަކުން ނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.
ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ރަބީޢުލްއައްވަލް 1440
06 ޑިސެމްބަރ 2018