ދިވެހިރާއްޖެ
ކާގޯ އެކްޕޯޓް ޓާމިނަލް ލޭންޑް ސައިޑް ޖެޓީ ކޮންޓްރޯލް ކުރުމާއިބެހޭ
ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓްގެ ކާގޯ އެކްސްޕޯޓް ޓާމިނަލް ކުރިމައްޗަށް ވާގޮތަށް އޮންނަ ޖެޓީ ސަރަޙައްދަކީ ހަމައެކަނި މުދާ އެކްސްޕޯޓް ކުރުމަށް މުދާ ގެންނަ އުޅަނދުފަހަރަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެކެވެ. ނަމަވެސް، މިއަދާއި ހަމައަށް ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދާ އެރުވުމަށާއި އެކިއެކި ކަންކަމުގައި އެއަރޕޯޓް އަށް އަންނަ އުޅަނދުފަހަރު ދަނީ މިސަރަހައްދުގެ ޖެޓީ މި ކުންފުނީގެ ހުއްދަނެތި ބޭނުންކުރަމުންނެވެ. އަދި ދޯނިފަހަރު އެޅުމަށްފަހު ދޯނީގެ ފަޅުވެރިން ދޯނިން ފައިބައިގެން ދިޔުމުގެ ސަބަބުން ދޯނިތައް މިސަރަހައްދުން ނަގަން ޖެހޭ ހާލަތްތަކުގައި ވަރަށް ދަތި ކަމަކަށްވަނީ ވެފައެވެ. މިކަމުގެ ސަބަބުން އެކްސްޕޯޓް ކުރާ ފަރާތްތަކަށް ގަޑިއަށް އެކްސްޕޯޓް ކުރަން ގެންނަން ޖެހޭ މުދާ ގެނެސް ބޭލުމުގެ މަސައްކަތްތަށް ދަތިތައް ކުރިމަތިވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
ކަން މިހެން ހުރުމާއި އެކު ރާއްޖެއިން ބޭރުކުރުމަށް ގެނެވޭ މުދަލާއި ގުޅުންހުރި މަސައްކަތްތައް އެ މުދާ އުފުލަން ހަމަޖެހިފައިވާ މަތިންދާބޯޓު ފުރާ ގަޑިއަށް ނުނިމި ބޯޓު ޑިލޭވުން ފަދަ ކަންކަން ދަނީ އިތުރުވަމުންނެވެ.
އެހެންކަމުން 10 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހު މެންދުރު 1400 އިން ރޭގަނޑު 2200 އަށް މި ދެންނެވުނު ސަރަހައްދަށް ގާތްކުރެވޭނީ ހަމައެކަނި އެކްސްޕޯޓް މުދާ ހިފައިގެން އަންނަ އުޅަނދުފަހަރަށް ކަމުގައި ދަންނަވަމެވެ. އަދި މިނޫންގަޑިތަކުގައި ވެސް އެސަރަހައްދުގައި އިމްޕޯޓް ބޭނުމަށް އުޅަނދެއް ގާތްކުރާނަމަ، އެތަނުގައި ހަރަކާތްތެރިވާ އެމް.އޭ.ސީ.އެލް ކާގޯ އެކްސްޕޯޓް ފޯމަންގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު ނޫނީ ދޯނިފަހަރު އެސަރަހައްދަށް އެޅުމަކީ މަނާ ކަމެއްކަމަށާއި އަދި މި ދެންނެވުނު ހުއްދަ އާއި ޙިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ އެވެ. އެކްސްޕޯޓް ބޭނުމަށް ކަނޑައެޅިފައިވާ ސަރަހައްދު ވަކިވާ ގޮތަށް ފާހަގަކޮށް އެސަރަހައްދުގައި ނޯޓިސް ބޯޑު ބެހެއްޓިފައި ހުންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ މި ވާހަކަ މުދާ އިމްޕޯރޓް ކުރާ އަދި އެކްސްޕޯޓް ކުރުމުގެ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި އެންގީމެވެ.
28 ރަބީޢުލްއައްވަލް 1440
06 ޑިސެމްބަރ 2018