ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މުބާރާތްތަކާއި ގުޅޭ

މިކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން، މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ. އަދި އެޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

 

 

1. މަސްރޭސް

ބައިވެރިން:

މުބާރާތުގައި ބައިވެރިވެވޭނީ ގިނަވެގެން 5 މީހުންގެ ޓީމަކުންނެވެ. މުބާރާތުގައި ދެޖިންސުގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެއެވެ.

 

 

ބައިވެރިވުން:

މުބާރާތުގައި ބައިވެރިވުމަށް "މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު ނިލަންދޫ ކައުންސިލަށް ހުށަހަޅަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ނިލަންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

 

ސުންގަޑި:

2018 ޑިސެންބަރު 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.

 

 

މުބާރާތް އޮންނަ ތަނާއި ގަޑި:

 

މުބާރާތުގައި ބައިވެރިވާ ހުރިހައި ޓީމްތަކެއްވެސް ފުރުމަށް ހަމަޖެހިފައިވަނީ އެއްވަގުތެއްގައެވެ. އެގޮތުން ޓީމްތައް މަހަށް ފުރުމަށް ހަމަޖެހިފައިވަނީ 2018 ޑީސެންބަރު 15 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގައި ނިލަންދޫ އިރު އުތުރު ބަނދަރުންނެވެ. އަދި ރަށަށް އައުމަށް ހަމަޖެހިފައިވަނީ ހަމަ އެދުވަހުގެރޭ 09:00 ގެ ކުރިންނެވެ.

 

 

ހޮވަން ކަނޑައަޅާފައިވާ ވަނަތައް:

 

އެންމެ ބަރުމަހެއް ބޭނި ޓީމް      500/- (ފަސްސަތޭކަ) ރުފިޔާ

 

އެންމެ ދިގުމަހެއް ބޭނި ޓީމް      500/- (ފަސްސަތޭކަ) ރުފިޔާ

 

އެންމެ ގިނަ ކިލޯއެއް ކިރި ޓީމް    2,000/- (ދެހާސް) ރުފިޔާ

 

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ރަމްޒީ ހަދިޔާއެއް ދެވޭނެއެވެ.

 

 

 

2. ފެތުމުގެ މުބާރާތް

ބައިވެރިން:

މިއީ ދެޖިންސުގެ ބޭފުޅުންނަށް ޚާއްޞަކޮށްގެން ހިންގާ މުބާރާތަކަށްވުމުން ތިރީގައި މިދަންނަވާ ޢުމުރު ފުރާތަކުގެ ދެޖިންސުގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

15 އަހަރާއި 25 އަހަރާ ދެމެދު

25 އަހަރާއި 35 އަހަރާ ދެމެދު

35 އަހަރުން މަތި

 

 

ބައިވެރިވުން:

މުބާރާތުގައި ބައިވެރިވުމަށް "ފެތުމުގެރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު ނިލަންދޫ ކައުންސިލަށް ހުށަހަޅަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ނިލަންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

 

ސުންގަޑި:

2018 ޑިސެންބަރު 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.

 

 

މުބާރާތް އޮންނަ ތަނާއި ގަޑި:

 

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 ޑިސެންބަރު 15 ވާ ހޮނިހިރު ދުވަހުގެ  09:00 ން 11:00 އަށް ރަށުގެ ހުޅަނގު ބަނދަރު ސަރަހައްދުގައެވެ.

 

 

މުބާރާތް ކުރިޔަށްދާ ގޮތް:

 

ޓީމު އިވެންޓެއްގެ ގޮތުގައި ކޮންމެ ޓީމެއްގައި 5 ބައިވެރިން ހިމެނޭގޮތަށް.

ފިރިހެނުންގެ ފެތުންކުރިއަށް ދާނެގޮތަކީ:

15 އަހަރާއި 25 އަހަރާ ދެމެދު 50m

25 އަހަރާއި 35 އަހަރާއި ދެމެދު 100m

35 އަހަރުން މަތި 100m

އަންހެނުންގެ ފެތުން ކުރިއަށް ދާނެ ގޮތަކީ:

ހުރިހާ ޢުމުރު ފުރާއަކަށް 50m

 

 

ހޮވަން ކަނޑައަޅާފައިވާ ވަނަތައް:

 

ކޮންމެ ޢުމުރުފުރާއަކުން 01 ވަނަ ޓީމް   500/- (ފަސްސަތޭކަ) ރުފިޔާ

މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ރަމްޒީ ހަދިޔާއެއް ދެވޭނެއެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 ޑިސެންބަރު 2018
ހޯދާ