ފުވައްމުލަކު ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

                                  

 

ފުވައްމުލަކު ސްކޫލް

  ފުވައްމުލައް

 

ނަންބަރ: GS44/IUL/2018/18                   

އިޢުލާން

 

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރެވުނު މިސްކޫލްެގެ ނަންބަރ GS44/IUL/2018/17 ( 19 ނޮވެމްބަރ 2018) އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 އަށް ( 1 އަހަރު ދުވަހަށް) މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޑިސެމްބަރ 2018 ހޯމަ ދުވަހު 10:00 އަށް     މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 ޑިސެމްބަރ 2018ވާ ބުރާސްފަތި ދުވަހު 10:00 ގައި އަންދާސީ ހިސާބު ހުށަހެެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: (18/2014  ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރ: (19/2014  ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  

 

27 ރަބީޢުލްއައްވަލް 1440

05 ޑިސެމްބަރ 2018

 

                                      

 

05 ޑިސެންބަރު 2018
ހޯދާ