ދިވެހިރާއްޖެ
މިރަށުގެ ޤަބުރުސްތާން 01 އަހަރުދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ ޤަބުރުސްތާން ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކުން 2018 ޑިސެމްބަރ 12 ވަނަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު / ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުގައި / ސިޓީގައި މަހަކަށް ޖެހޭ އަގު އެގެން އޮންނަންވާނެއެވެ. އަންދާސީ ހިސާބު / ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީ / ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
ކުރަންޖެހޭ މަސައްކަތްތައް:
1- ހޯނޑެއްދޫ ޤަބުރުސްތާނުގެ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
2- ހޯނޑެއްދޫ ޤަބުރުސްތާނުގެ ވަށައިގެންވާ މަގުތަކުގެ 2/1 ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
3- ހޯނޑެއްދޫ ކުރީގެ ހުކުރު މިސްކިތުގެ (އާޘާރީ މިސްކިތް) ގޯތިތެރެ ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
4- މީގެ އިތުރުން ކައުންސިލުން ކުރަމުންދާ އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުން.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:
މަސައްކަތުގެ އަގަށް %95 (އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް 95 މާކްސް ލިބޭގޮތަށް)
މި މަސައްކަތާއިގުޅޭ ތަޖުރިބާ އަށް %5 (އެންމެ ގިނަ ތަޖުރިބާ ލިޔުންތައް ހުށަހަޅާ ފަރާތަކަށް 5 މާކްސް)
ބަދަލުގައި މީހަކު ފޮނުއްވައިގެން އަންދާސި ހިސާބު ނުވަތަ އަގު ބަޔާންކޮށްފައިވާ ސިޓީ ހުށަހަޅާނަމަ، ހުށަހަޅާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބު / ސިޓީ ހިފައިގެން އަންނަ ފަރާތުން ގެންނަންވާނެއެވެ. އަދި ބަދަލުގައި ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.