މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ލޮނު އަދި ފެނުގައި ގެންގުޅޭ އެކުއޭރިއަމް މަހާއި ދިރޭ ފާނަ ރާއްޖެއިން ބޭރުކުރުމަށް އިމްޕޯޓްކުރެވޭ މުދަލުން ޑިއުޓީ މަޢާފުކުރުމާ ގުޅޭ

ޤާނޫނު ނަމްބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯރޓް އިމްޕޯޓްގެ ޤާނޫނު) ޤާނޫނުގެ 5 ވަނަ މާއްދާގެ (އ) ގައި މަސްވެރިކަމާ ގުޅޭ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ މަޢާފު ކުރެވޭނީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި ވެލިޔު އިތުރުކުރުމަށް އިމްޕޯޓްކުރާ އެންމެހައި ތަކެތިން ކަމުގައި ވަނީ ބަޔާން ކޮށްފައެވެ. 2016 ވަނަ އަހަރުގެ ފެބްރުވަރީ 01 އިން ފެށިގެން ވަރަށް ކުއްލި ގޮތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން އެމަސައްކަތް މި މިނިސްޓްރީއަށް ޙަވާލު ކުރެއްވުމުން، އެތަކެއްޗަކީ ބުނެވިދިޔަ ޤާނޫނުގެ ދަށުން ޑިއުޓީ މަޢާފު ކޮށްދެވޭނެ ތަކެތި ކަމުގައި ނުވި ނަމަވެސް، އެފަދަ މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތި ވެދާނެތީ، މި މިނިސްޓްރީން ވަނީ މިހާތަނަށް އެތަކެތީގެ ޑިއުޓީ މަޢާފު ކޮށްދެމުން ގެންގޮސްފަ އެވެ.

ނަމަވެސް، މަތީގައި ދަންނަވާފައިވާ ދެ ބާވަތުގެ މަސް ބޭރުކުރުމަށް ރާއްޖެ އެތެރެކުރާ ބާވަތްތަކަކީ ވެލިއު އިތުރު ކުރުމަށް ބޭނުން ކުރެވޭނެ ތަކެއްޗެއް ނޫން ކަމަށް ކަނޑައަޅައި، 25 ނޮވެމްބަރ 2018 ވަނަ ދުވަހުން ފެށިގެން އެކުއޭރިއަމް މަހާއި ދިރޭ ފާނަ ރާއްޖެއިން ބޭރު ކުރުމަށް ރާއްޖެ ގެންނަ ތަކެތީގެ ޑިއުޓީ މަޢާފު ކުރުން ހުއްޓާލާފައި ވާކަމުގައި  އަންގާ އެކަން އިޢުލާން ކުރީމެވެ.

27 ރަބީޢުލްއައްވަލު 1440

05 ޑިސެމްބަރު  2018

05 ޑިސެންބަރު 2018
ހޯދާ