މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
2019 ވަނައަހަރު ޕްރިންސިޕަލް ހުންނަވާގެ ކުއްޔަށް ހިފުމާބެހޭ

ނަމްބަރު:25/2018/(IUL) GS118

އިޢުލާނު

އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ

     2019ވަނަ އަހަރު މިސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް  ގެއެއް ކުއްޔަށް ދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ21/2018/(IUL) GS118 (04ޑިސެމްބަރ 2018) އިއުލާން އަށް އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފްކޮށްފައިނުވާތީ އިޢުލާން ބާތިލް ކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

2019     ވަނަ އަހަރު މިސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް  ގެއެއް 01 ޖެނުއަރީ  2019ން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް ކުއްޔަށް ދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

    ވީމާ، މިކަމަށްޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށައެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށައެޅުމަށް

10 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13.00

19ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13.00

      އަދި ދަންނަވަމެވެ.މަޢުލޫމާތު ސާފުކުރެއްވުމަށްވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށްހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހުގެ 14:00އަށް 6560570އަދި6561807 ނަންބަރު ފޯނާއެވެ.

04 ޑިސެންބަރު 2018
ހޯދާ