މާމެންދޫ ސްކޫލް، ލ.މާމެންދޫ
ދިވެހިރާއްޖެ
2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

 

މާމެންދޫ ސްކޫލް

ލ.މާމެންދޫ، ދިވެހިރާއްޖެ 

 

                                                                         ނަންބަރު:  GS-189/IUL/2018/27

 

އިޢުލާން

 

2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

 

              01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި (ފާޚާނާއާއެކު)، ސިންޓިންގރޫމް، ބަދިގެ އަދި  ކާގެ ހިމެނޭގޮތަށް އެޕާރޓްމަންޓެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 05 އަދި 06 ވަނަ ދުވަހު 11:00 އިން 13:00 އާއި ދެމެދު ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ.

             ބީލަން ހުށަހެޅޭނީ ދެންނެވިފައިވާ މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. އަދި މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެމްބަރ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ނުވަތަ މިސްކޫލްގެ އޮފީހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. މިޕްރޮޖެކްޓަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

             ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރ 13 ވަނަ ދުވަހު 10:30 ގައެވެ.

އިތުރު މަޢުލޫމާތު 6800549 އަދި 9633336 ފޯނުންލިބިލައްވާނެއެވެ. އީ-މެއިލް އަކީ [email protected]  އެވެ.

             24 ރަބީއުލްއައްވަލް 1440 ހ

             03  ޑިސެމްބަރ 2018 މ

03 ޑިސެންބަރު 2018
ހޯދާ