ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ މުބާރާތް 2019

ވޮލީ މުބާރާތް 2019

                ކުޑަހުވަދޫގެ ރައްޔިތުންނަށް އަމާޒުކޮށް 2019 ވަނަ އަހަރު ވޮލީ މުބާރާތެއް ބޭއްވުމަށް މިކައުންސިލުން ހަމަޖައްސައިފީމެވެ. މުބާރާތް ފަށާނީ 2019 ޖަނަވަރީ  24 ބުރާސްފަތި ދުވަހުގައެވެ. މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ކުޑަހުވަދޫގެ ޓީމްތަކަށެވެ.

                މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޝަންއާއި ފިރިހެން ޑިވިޝަންގެ ގޮތުގައި ދެމުބާރާތެއްގެގޮތުގައެވެ. ފިރިހެން ޑިވިޝަން މުބާރާތުގެ ޗެމްޕިއަންޓީމަށް 15000.00 (ފަނަރަހާސް) އަދި ރަނަޕް ޓީމަށް 10000.00 (ދިހަހާސް) ރުފިޔާއެވެ. އަދި އަންހެން ޑިވިޝަން މުބާރާތުގެ ޗެމްޕިއަންޓީމަށް 12000.00 (ބާރަހާސް) އަދި ރަނަޕް ޓީމަށް 7500.00 (ހަތްހާސްފައްސަތޭކަ) ރުފިޔާ ކަނޑައެޅިފައިވެއެވެ. އަދި މީގެ އިތުރުންވެސް މުބާރާތުގެ އެކިވަނަތައް ހޮވާ ޢިނާމް ދެވޭނެއެވެ.

                މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު 2018 ޑިސެމްބަރ 02 ވަނަ ދުވަހުންފެށިގެން މިއިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ހުށައެޅުމުގެ ސުންގަޑިއަކީ 2018 ޑިސެމް 20 ވަނަ ދުވަހުގެ 14:00 އެވެ. ސުންގަޑީގެ ފަހުން ހުށައަޅާ ފޯމްތައް ބަލައެއްނުގަނެވޭނެއެވެ. މުބާރާތުގެ ޤަވާއިދުގައި ބުނެފައިވާފަދައިން މުބާރާތުގެ ޤުރުއަތުލުމުގެ ކުރިން ޓީމް ލިސްޓަށް ބަދަލުގެނެވޭނެއެވެ.

02 ޑިސެންބަރު 2018
ހޯދާ