ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ލ.މާމެންދޫ، ދިވެހިރާއްޖެ
ނަންބަރު: GS-189/IUL/2018/26
އިޢުލާން
2019 ވަނަ އަހަރު ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 05 އަދި 06 ވަނަ ދުވަހު 11:00 އިން 13:00 އާއި ދެމެދު ސްކޫލްގެ އޮފީހަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވާނެއެވެ.
ބީލަން ހުށަހެޅޭނީ ދެންނެވިފައިވާ މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. އަދި މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެމްބަރ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ނުވަތަ މިސްކޫލްގެ އޮފީހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރ 13 ވަނަ ދުވަހު 10:00 ގައެވެ.
އިތުރު މަޢުލޫމާތު 6800549 އަދި 9633336 ފޯނުންލިބިލައްވާނެއެވެ. އީ-މެއިލް އަކީ [email protected] އެވެ.
24 ރަބީއުލްއައްވަލް 1440 ހ
03 ޑިސެމްބަރ 2018 މ