ދިވެހިރާއްޖެ
ސެކިޔުރިޓީ ބެލެހެއްޓުމާބެހޭ
2019 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުގެ ނަންބަރު:
GS-108/MIS/2018/19 (25 ނޮވެމްބަރ 2018) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމަވެ.
ވީމާ، މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާ ދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 2018 ޑިސެމްބަރ 12 ވާ ބުދަ ދުވަހުގެ 13:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ.
- މައުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދަންނަވަމެވެ.
- ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
25 ރަބީޢުލްއައްވަލް 1440ހ.
03 ޑިސެމްބަރ 2018މ.