މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ ގެ ވޯރކިން ކްލޯތްސް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

މިކުންފުންޏަށް ތިރީގައި ތަފްސީލްކުރެވިފައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

No.

Description

Qty

UoM

Color

1

Trousers with 6 pockets

3160

Nos

Jungle Green

2

Overalls

720

Nos

Navy Blue

 

ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތު:

  • އަގު: ހުށަހަޅާ އަގު ވާންވާނީ މިކުންފުނީގެ ހެޑް އޮފީސް ސައިޓަށް މިތަކެތެ ފޯރުކޮށްދެވޭނެ އަގަށެވެ. މީގެ އިތުރުން ކޮންމެ އައިޓަމެއްގެ އަގު ހުށަހަޅަން ވާނީ ވަކި ކޯޓޭޝަންގެ ގޮތުގައެވެ. ކޮންމެ ކޯޓޭޝަނެއްގައި ވެސް ޖުމްލަ އަގާއި ޖީ.އެސް.ޓީ ވަކިން ބަޔާން ކުރަން ވާނެއެވެ.
  • ސާމްޕަލް: ހުށަހަޅާ އަގާ އެކީ ތަކެތީގެ ސާމްޕަލް ހުށަހަޅަންވާނެއެވެ.
  • ފޯރުކޮއްދެވޭނެ މުއްދަތު: ކޯޓޭޝަންގައި ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު ބަޔާން ކުރަންވާނެއެވެ.
  • ޓެކްނިކަލް މަޢުލޫމާތު: އައިޓަމްތައް އިވެލުއޭޓްކުރުމަށް ބޭނުންވާ ހުރިހާ ޓެކްނިކަލް މަޢުލޫމާތު ހިމަނަންވާނެއެވެ.
  • ޕޭމަންޓް ޓަރމްސް: ކޯޓޭޝަންގައި ޕޭމަންޓް ޓާރމްސް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • ކޯޓޭޝަންގެ މުއްދަތު: ކޯޓޭޝަންގައިވާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތާއި ގުޅިގެން ކުންފުނީގެ ފަރާތުން މަޢުލޫމާތު ދެވޭނެ ފަރާތެއްގެ ނަން، މަގާމް އަދި ގުޅޭނެ ފޯން ނަންބަރު ހިމަނަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުމާއި، އަގު ހުށައެޅުން:

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ ގެ ވޯރކިން ކްލޯތްސް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

ތަން

ގަޑި

ތާރީހް

ތަފްސީލް

އެމް.ޑަބްލިޔު.އެސް.ސީ އިދާރާ / ކ.މާލެ

11:00

10 ޑިސެމްބަރ 2018

މައުލޫމާތު ސާފުކުރުން

އެމް.ޑަބްލިޔު.އެސް.ސީ އިދާރާ / ކ.މާލެ

14:00

17 ޑިސެމްބަރ 2018

އަގު ހުށައެޅުން

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ވިޔަފާރި ހުއްދައޮތް ފަރާތްތަކަށް އެކަންޏެވެ. އަދި ކޯޓޭޝަން ހުށައަޅުއްވާއިރު ކުންފުނީގެ ތައްގަނޑު ޖައްސަވަން ވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު އެމް.ޑަބްލިއު.އެސް.ސީ އަށް ލިބިގެންވެއެވެ. އަދި ހަމަމިއާއެކު މި އިޢުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3209 332 ނަންބަރު ފޯނު މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް އަށެވެ.

 

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

03 ޑިސެންބަރު 2018
ހޯދާ