ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާރޓްމަންޓެއް ހޯދަން ބޭނުންވެއްޖެ
މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓާކައި 02 ކޮޓަރި (ފާޚާނާ އާއިއެކު)، ސިޓިންގރޫމް، ކާގެ އަދި ބަދިގެ ހިމެނޭ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
ވީމާ މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓްކޮށް މަޢުލޫމާތު ނެންގެވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން އެއްވެސް ސްވާލެއްވާނަމަ 17 ޑިސެމްބަރ 2018 ވާ ދުވަހު 11:00 ގެ ކުރިން ސްކޫލަށް ހުށައަޅަންވާނެއެވެ.
ނަން ނޯޓް ކުރުމާއި މައުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން |
6 ޑިސެމްބަރ 2018 އިން 13 ޑިސެމްބަރ 2018 އަށް |
18 ޑިސެމްބަރ 2018 ( އަންގާރަ) ދުވަހުގެ 13:00 |
މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރ ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަނަބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަދި ދަންނަވަމެވެ. ނަން ނޯޓް ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މިސްކޫލުގެ ނަންބަރ 6800562 ފޯނަށް ގުޅުއްވުން އެދެމެވެ.
03 ޑިސެމްބަރ 2018