ދިވެހިރާއްޖެ
ނަމްބަރ: IUL)297-AD/INDIV/2018/54)
އިޢުލާން
އައިލެންޑް ޑިވެލޮޕްމަންޓް ކޮމިޓީ އުފެއްދުމާބެހޭ
ނ.ވެލިދޫގެ ތަރައްޤީ އާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލުން ޚިޔާލާ މަޝްވަރާ ހޯދުމުގެ ބޭނުމުގައި " އައިލެންޑް ޑިވެލޮޕްމަންޓް ކޮމިޓީ " މިނަމުގައި ވެލިދޫ ކައުންސިލްގެ ކޮމިޓީއެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮމިޓީއަކީ، 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.އެއީ ކައުންސިލްގެ 3 މެމްބަރުންނާއި ، މި އިޢުލާނަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 8 މެމްބަރުން ހިމެނޭ ކޮމިޓީއެކެވެ. މި ކޮމިޓީއަށް އެދި ސިޓީ ހުށައަޅާ ފަރާތްތަކުގެ އަދަދު 8 ބޭފުޅުންނަށްވުރެ އިތުރުވެއްޖެނަމަ 8 މެމްބަރުން ހޮވާނީ ސިޓީލެއްވި ފަރާތްތަކުގެ މެދުގައި ގުރުއަތުލާ ގުރުއަތުން ހޮވޭ 8 ފަރާތެކެވެ.
ވީމާ، މިކޮމިޓީގެ (އައިލެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ) މެމްބަރުކަމަށް އެދޭ ވެލިދޫގެ ކޮންމެ ރައްޔިތަކު ތިރީގައިވާ މަޢުލޫމާތާއެކު 12 ޑިސެމްބަރ 2018 ވާ ހޯމަދުވަހުގެ 14:00ގެކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
- ފުރިހަމަ ނަން
- ދާއިމީ އެޑްރެސް
- މިހާރު ދިރިއުޅޭ އެޑްރެސް
- އައި.ޑީ ކާރޑް ކޮޕީ
- މޯބައިލް ފޯނު ނަމްބަރ
މިހެންވެމިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
24 ރަބީޢުލްއައްވަލް 1440