ދިވެހިރާއްޖެ
ނަންބަރު: (IUL)168-SRO/1/2018/17
އިޢުލާން
އެނިއުމެރޭޓަރުން ބޭނުންވެއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި އައްޑޫ ސިޓީ ކައުންސިލް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން، އައްޑޫ ސިޓީގެ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ދެނެގަތުމުގެ ގޮތުން، 10 ޑިސެންބަރު 2018 އިން 12 ޑިސެންބަރު 2018 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަރވޭއަށް މަޢުލޫމާތު އެއްކުރުމުގައި އައްޑޫ ސިޓީގެ ކޮންމެ އަވަށަކުން، އެއަވަށެއްގައި ޙަރަކާތްތެރިވާނެ އެނިއުމެރޭޓަރުން ހޯދަން ބޭނުންވެއެވެ.
އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ ފަރާތްތަކަށް މަސައްކަތާގުޅޭ ތަމްރީނެއް، 09 ޑިސެންބަރު 2018 ގައި ކުރިއަށް ގެންދެވޭނެއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ސަރވޭގައި ހަރަކާތްތެރިވާ ކޮންމެ އެނިއުމެރޭޓަރަކަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް އެލަވަންސްގެގޮތުގައި -/300ރ (ތިން ސަތޭކަ) ރުފިޔާ ދެވޭނެއެވެ.
ވީމާ، މިމަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ޖީ.ސީ.އީ.އޯ ލެވެލް ފެންވަރު ހުރި އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކުން، 05 ޑިސެންބަރު 2018 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އެޗް.އާރް.ސީ.އެމް ސަދަން ރީޖަނަލް އޮފީހުގެ ނަންބަރު: 6880886 އަށް (10:00 އިން 14:00 އަށް) ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އެނިއުމެރޭޓަރުން ޝޯޓްލިސްޓް ކުރުމުގައި މީގެ ކުރިން މިފަދަ ކަންކަމުގައި އަމަލީ ތަޖުރިބާ ލިބިފައިވާފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ނަން ނޯޓު ކުރަމުންދާ ތަރުތީބަށް ވެސް އިސްކަން ދެވޭނެއެވެ.
24 ރަބީޢުލްއައްވަލް 1440
02 ޑިސެންބަރު 2018