މަޤާމު:
|
ޑިރެކްޓަރ
|
ބޭނުންވާ އަދަދު:
|
1
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް-1 އަހަރު (މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެ)
|
މަސައްކަތް ކުރަންޖެހޭ ތަން:
|
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
|
މުސާރަ:
|
ތަޖުރިބާއަށް ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން
|
ޝަރުތު:
|
- މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާސިލްކޮށްފައިވުމާ އެކު މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:
- މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
- ގިނަ ކަންތައްތައް އެއްފަހަރާ ކުރުމުގެ ޤާބިލުކަން ހުރުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ މީހަކު ކަމުގައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާއަށް ބަލައިގެން
- ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
- ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއުކޮށްގެން
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުއް ފެންނަ ކޮޕީއެއް
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޑިސެމްބަރ 11 ވާ އަންގާރަ 14:00 ގެ ކުރިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްހުށަހެޅޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] ނުވަތަ [email protected] އެވެ.
|
އިތުރު މައުލޫމާތު
|
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 14:00 ދެމެދު 3346640 ފޯނާއި ގުޅުއްވުން އެދެމެވެ.
|