ދިވެހިރާއްޖެ
ނަމްބަރ: GS-26/IUL/2018/39
އިޢުލާން
ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށް
މި މަރުކަޒުގައި ކެންޓީނެއް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މި މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަރުކަޒަށް ބަލައިގަންނާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ގެންދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށް ވެސް އެއްފަރާތެއްގެ ނަމުގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ރަބީޢުލްއައްވަލް 1440
2 ޑިސެމްބަރ 2018