ދިވެހިރާއްޖެ
ނަމްބަރ: GS-26/IUL/2018/38
އިޢުލާން
3 ކޮޓަރީގެ އެޕާޓްމަންޓެއް (ފަރުނީޗަރާއެކު) ކުއްޔަށްހިފަން ބޭނުންވެއްޖެ.
2019 ވަނަ އަހަރު މި ސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް 3 (ތިނެއް) ކޮޓަރީގެ އެޕާޓްމަންޓެއް (ފަރުނީޗަރާއެކު) ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަރުކަޒަށް ބަލައިގަންނާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ރަބީޢުލްއައްވަލް 1440
2 ޑިސެމްބަރ 2018