މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018 ކެންޑިޑޭޓުންކަމަށް ހުށަނާޅާ ހުރި ދާއިރާތަކަށް ކުރިމަތިލުމަށް އަލުން ފުރުޞަތު ހުޅުވާލުން.

 

                                                                                                                                                                                                                                                                                    ނަންބަރު : 16/IUL)425-CB/1/2018)

އިޢުލާނު

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018 ކެންޑިޑޭޓުންކަމަށް ހުށަނާޅާ ހުރި ދާއިރާތަކަށް ކުރިމަތިލުމަށް އަލުން ފުރުޞަތު ހުޅުވާލުން.

 

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، 2018 ޑިސެމްބަރ 15 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފާއިވާތީ، މިއިދާރާއިން 22 ނޮވެމްބަރ 2018 ގައި ވަނީ ކެންޑިޑޭޓުން ހޯދުމަށް އިޢުލާން ކުރެވިފައެވެ.

ގަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް، ފުރުޝަތު ހުޅުވާލެވުނު އިރު ތިރީގައި މިދަންންނަވާ ދާއިރާތަކަށް އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައި ނުވާތީ، މިފުރުޝަތު އަލުން، 2018 ޑިސެމްބަރ 02 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2018 ޑިސެމްބަރ 05 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 އާ ހަމަޔަށް ވަނީ ހުޅުވާލެވިފައެވެ.

T-04 ހެންވޭރު އުތުރު ދާއިރާ،T-14 ހެންވޭރު ހުޅަނގު ދާއިރާ، T-15 މައްޗަންގޮޅި މެދުދާއިރާ

  1. ގަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.

(ހ)   މާލޭސިޓީގައި ރައްވެހިވެފައިވާ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރުވެފައިވާ، ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ)   މާލޭ ސިޓީގެ އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން.

(ނ)   ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.

(ރ)   ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.

(ބ)   ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.

(ޅ)   އެއްވެސް މީހަކަށް އަދި ކުޑަ ކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުން.

(ކ)   މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުން.

(އ)   ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން.

(ވ)   ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެހުކުމް ތަންފީޛުކޮށްފައިވާ މީހަކަށް ނުވުން.

(މ)   ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.                                                                                              

  2.  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަ ކުރުމައްވުމަށް ފަހު ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތި، މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހަށް 2018 ޑިސެމްބަރ 05 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ކުރިން ހުށަހަޅަންވާނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޑިސެމްބަރ 02 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2018 ޑިސެމްބަރ 05 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 އާ ހަމަޔަށް މިކައުންސިލްގެ މާފަންނު އޮފީހުންނެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރު 13:30 އާ ހަމައަށެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ވާނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ 2018 ޑިސެމްބަރ 15 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ން ހަވީރު 17:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގައި ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                  24 ރަބީޢުލްއައްވަލް 1440

 

02 ޑިސެންބަރު 2018
ހޯދާ