ދިވެހިރާއްޖެ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރިދިވެހިރާއްޖެ |
ނަމްބަރ: GS05-C /IUL/2018/09 ތާރީޚް: 02 ޑިސެމްބަރ 2018
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ވިޔަފާރީގެ އުސޫލުން ގއ.އަތޮޅުތައުލީމީ މަރުކަޒުގެ ސެކިއުރިޓީ 01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 ގެނިޔަލަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮއްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މި މަރުކަޒުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސްކޫލުގެ ނަމްބަރ 6820029 ފޯނާއި ގުޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީޙް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުން |
10.12.2018 |
ހޯމަ |
01:30 |
ގއ.އަތޮޅު ތަޢުލީމީ މަރުކަޒު |
އަންދާސީހިސަބު ހުށަހެޅުއްވުން |
13.12.2018 |
އާދިއްތަ |
01:30 |
ގއ.އަތޮޅު ތަޢުލީމީ މަރުކަޒު |
ތަމްހީދު
ޕްރިންސިޕަލް