ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 އަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ: GS-144/2018/IUL/43
(13 ނޮވެމްބަރ 2018) އިޢުލާނަށް 2 ފަރާތުން އަންދާސީ ހިސާބު ހުށަހަޅައިފާވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ 01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިޢުލާނުގެ މުއްދަތުގެ ތެރޭގައި ދިއްފުށީ ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ނަންނޯޓްކުރައްވާ މަޢުލޫމާތު ސާފުކުރުކުރުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގަނެ އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމާއި ނަންނޯޓްކުރުމަށް |
ޕްރީބިޑް މީޓިންގ |
އަންދާސީ ހިސާބު ހުށަހެޅުމަށް |
2 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުން ފެށިގެން އިއުލާންގެ މުއްދަތުހަމަވަންދެން، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:30 ން 12:00 ށް |
12 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 11:00 |
13 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 |
އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މިއިދާރާގައި ނަން ނޯޓްކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ނަންބަރު ފޯނާއެވެ.
24 ރަބީޢުލްއައްވަލް 1440
2 ޑިސެމްބަރ 2018