ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: IUL)374-C/374/2018/124) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.
މިމަސައްކަތް ކުރަން ޤަޞްދުކޮށްފައިވަނީ 02 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ކުރުމަށް ހަމަޖައްސާފައިވަނީ ތޮށީގެ ބޭރުގައި ޖަހަން ތައްޔާރުކުރާ 330 ޓީ ބްލޮކް ކޮންކްރީޓްކުރުމުގެ މަސައްކަތެވެ. މިމަސައްކަތާބެހޭ މަޢުލޫމާތުކަރުދާސް ދޫކުރުން 2018 ނޮވެންބަރު 27 ން 2018 ޑިސެންބަރު 03 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު ކުރި 09:00 ން 12:00އާދެމެދު މިއިދާރާގައި އޮންނާނެއެވެ.
ވީމާ، ވަގުތީ ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި މަހު މުސާރައަށް މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއިން ދޫކުރާ ކޮންޓްރެކްޓް ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރައްވައި 2018 ޑިސެންބަރު 06 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ވަގުތީ ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ބޭނުންވަނީ 05 މުވައްޒަފުންނެވެ. އެއީ މިމަސައްކަތް ކުރުވާ މީހެއްގެ ގޮތުގައި މިބާވަތުގެ މަސައްކަތްކުރަން ރަގަޅަށް ދަންނަ މީހަކާއި މަސައްކަތު 04 މީހުންނެވެ. މަސައްކަތް ކުރަންޖެހޭނީ ދުވާލަކު 08 ގަޑީއިރުގައެވެ. ވިދިވިދިގެން 05 ދުވަހު މަސައްކަތްކޮށްފިނަމަ 01 (އެކެއް) ދުވަސް ހުސްކޮށް ދެވޭނެއެވެ. މިވަޒީފާގައި އިތުރުގަޑީގައި މަސައްކަތްކުރާކަށް ނުޖެހޭނެއެވެ. އަދި މުސާރަ ފިޔަވައި އިތުރު އެއްވެސް ޢިނާޔަތެއް ނުލިބޭނެއެވެ. މުސާރައަކީ:
- އިސްކޮށް މަސައްކަތްކުރާ މުވައްޒައްފަށް މުސާރައިގެ ގޮތުގައި -/10,000 (ދިހަހާސް) ރުފިޔާ އާއި -/15,000 (ފަނަރަހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދެއް (ދެފަރާތް އެއްބަސްވާ) ލިބޭނެއެވެ.
- މަސައްކަތު މީހަކަށް މުސާރައިގެ ގޮތުގައި -/6,000 (ހަހާސް) ރުފިޔާ އާއި -/9,000 (ނުވަހާސް) ރުފިޔާއާއި ދެމެދުގެ ޢަދަދެއް (ދެފަރާތް އެއްބަސްވާ) ލިބޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.