ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

ޢިއުލާން

ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

       މިސްކޫލަށް ގެއެއް ކުއްޔަށް ހޯދުމަށް ކުރި އިޢުލާން ނަންބަރު: GS72/IUL/2018/45 އާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެލެއްވީ 2 ފަރާތަކުންކަމަށްވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

       މިސްކޫލަށް 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

       މިތަނަކީ 3 ކޮޓަރި ނުވަތަ 2 ކޮޓަރި ( ކޮޓަރީގައި ފާހާނާހުރި ) ސިޓިންގރޫމާއި، ބަދިގެ އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ކައްކާގޭސްއުދުން އަދި ހިފާގެންގުޅޭ ތަކެތި ހަމައަށްހުރި ތަނެއްކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަޞީލަތްތައް ގެއިން ލިބެން ހުންނަންޖެހޭނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށައެޅުމާއި ބަލައިގަތުން

2018 ޑިސެންބަރ 6 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

(މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ނިންމަވައިފި ނަމަ، ދެން އެންމެ ފުރަތަމަ އަންނަ ރަސްމީ ދުވަހެއްގައި މަޢުލޫމާތު ސާފުކުރުން އޮންނާނެއެވެ)

2018 ޑިސެންބަރ 12 ވާ ބުދަ ދުވަހުގެ 13:00 އަށް

                 މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528046 ނަންބަރު ފޯނަށެވެ.

                                                  29 ނޮވެމްބަރ 2018

29 ނޮވެންބަރު 2018
ހޯދާ