މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކުޑަކުދިންގެ ޕާރކްގެ ވޯރކްވޭ އިންވަކިކޮށްދީ ގައު ޖަހާދިނުމާބެހޭ

ތުޅާދޫ ކުޑަކުދިންގެ ޕާރކްގެ ވޯރކްވޭ ގެ އިން ވަކިކޮށްދީ، ވޯރކްވޭގެ ދެފަރާތުގައި ވަށައިގެން އަރިމަތީގައި މިއިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ގައު ޖަހާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރިން ނަންބަރު (IUL)321/321/2018/104  އިއުލާނަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާ ލަމެވެ.

  

ވީމާ، މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

06 ޑިސެމްބަރ 2018 (ބުރާސްފަތި)

10:30

ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުން

13 ޑިސެމްބަރ 2018 (ބުރާސްފަތި)

10:00

ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން

 

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ބޭރުގައި " ތުޅާދޫ ކުޑަކުދިންގެ ޕާރކް ވޯރކްވޭ ރޭނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓްތަކާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އއަންދާސީ ހިސާބު ހުށަހަޅަންވާނީ، އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓަރޭޝަން ސެޓްފިކެޓްގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ.

29 ނޮވެންބަރު 2018
ހޯދާ