މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ކައުންސިލްއިދާރާގައި ކުނި ރަޖިސްޓްރީކޮށްފައިވާ ގޭގޭގައި އުފެދޭ ފަނާވާ އަދި ފަނާނުވާ ޒާތުގެ ކުނި އުފުލުމަށް ވެހިކަލެއް ހޯދުން

ތުޅާދޫ ކައުންސިލުގެ ކުނިމެނޭޖްކުރުމުގެ ފްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވާ ގޭގެއިން ނެގޭ ފަނާވާ އަދި ފަނާ ނުވާޒާތުގެ ކުނިބުނި ވެހިކަލެއްގައި ކުނިކޮށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރިން ނަންބަރު (IUL)321/321/2018/118   އިއުލާނުން ހުށަހަޅާފައިވާ އެސްޓިމޭޓްތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެސްޓިމޭޓްތަކާއި އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

04 ޑިސެމްބަރ 2018 (އަންގާރަ)

10:00

ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުން

06 ޑިސެމްބަރ 2018 (ބުރާސްފަތި)

10:00

ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ބޭރުގައި "ކުނިއުފުލުމަށް ވެހިކަލެއް ހޯދުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓްތަކާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ.

29 ނޮވެންބަރު 2018
ހޯދާ