ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
02 ދަގަނޑު ތާނގިން ދަބަރު ތަޅައި ދަވާދުލައިދޭނެ ފަރާތެއް ހޯދުމާބެހޭ
މި އެޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ބަހައްޓާފައިވާ 02 ދަގަނޑު ތާނގިން ދަބަރު ތަޅައި ދަވާދުލައިދޭނެ ފަރާތެއް ހޯދުމަށް 2013 ވަނަ އަހަރު ކުރި މިއެޖެންސީގެ ނަންބަރު IUL-NDA/2013/69 އިޢުލާނާ ގުޅިގެން އެކި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައި ވަނިކޮށް އެމަސައްކަތް ފަރާތަކާ ހަވާލުނުކުރެވެނީސް ސަރުކާރުގެ 2013 ވަނަ އަހަރުގެ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ވަނީ ކްލޯޒް ކުރައްވާފައެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރެވެން ނެތުމުން މިއެޖެންސީގެ ނަންބަރު IUL-NDA/2013/69 އިޢުލާނާ ބާޠިލު ކުރެވިފައިވާ ވާހަކަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
08 ރަބީޢުލްއައްވަލް 1435
09 ޖަނަވަރީ 2014
ހޯދާ