ދިވެހިރާއްޖެ
އިޢުލާން
މި މަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުމާބެހޭ.
ކޮންޓްރެކްޓް އުސޫލުން ( 01 ޖެނުއަރީ 2019ން 31 ޑިސެމްބަރ 2019ގެ ނިޔަލަށް )
މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ފޯމިއުލާ |
ތަފްޞީލް |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކޮރައިޓީރިއާ |
( Benchmark Price / Submitted Price) * Allocated Percentage |
|
%70 |
އަގު |
( Benchmark experience duration / Submitted duration) * Allocated Percentage |
|
18% |
ތަޖުރިބާ |
( Number of Security Officers / Bench Mark ) * Allocated Percentage |
|
12% |
މުވައްޒަފުން
|
1. ބިޑު އިވެލުއޭޓް ކުރާނީ މި ސްކޫލުގެ ފަރާތުން އެކުލަވާ ލެވޭ ބިޑު އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
2. ބިޑު އިވެލުއޭޝަން ކޮމެޓީއިން ނިންމުމަށްފަހު ޝަރުތު ފުރިހަމަވާ އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ސްކޫލް ސެކިޔުރިޓީ ބެލެހެއްޓުން ހަވާލު ކުރެވޭނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
3. ބިޑު އިވެލުއޭޝަންއަށްފަހު އެއްވެސް ޝަކުވާއެއް އޮތްނަމަ ސްކޫލަށް ސިޓީ ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުން.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.
ސްކޫލުގެ ނަން: ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް:
ރަށުގެ ނަން: ރަށުގެ ނަން:
އަންދާސީ ހިސާބު ހުޅުވުން.
އަންދާސީ ހިސާބު ހުށަހަޅާނީ 2018 ޑިސެމްބަރ 04 ވާ އަންގާރަ ދުވަހު މި ސްކޫލަށެވެ. ބިޑު ހުޅުވާނީ ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި ހުށަހަޅާފައިވާ ހުށަހެޅުން ތަކުގެ ތަފްޞީލްތައް އިވެލުއޭޝަން ފޯމްގައި ފުރިހަމަ ކުރުމަށްފަހު ސޮއި ކުރެވޭނެއެވެ. އަދި އެއަށްފަހު ބިޑު އިވެލުއޭޓް ކުރުމަށް ޓަކައި މި ސްކޫލުން އެކުލަވާލާފައިވާ ބިޑު އިވެލުއޭޝަން ކޮމެޓީއަށް ހުރިހާ ލިޔުންތައް ހުށަހެޅޭނެއެވެ. އަދި އިވެލުއޭޝަން ކޮމެޓީން ބިޑު އިވެލުއޭޓް ކުރުމަށް ފަހު އެކަން ސްކޫލަށް އެންގުމުން ބިޑް ކާމިޔާބު ކުރެއްވި ފަރާތަށް އަދި ބިޑު ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ސްކޫލުން ލިޔުމުން އަންގާނަމެވެ. ބިޑު މީޓންގ ގައި އެއްވެސް ޑޮކިޔުމަންޓަކަށް އުނި އިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފާރާތްތަކުން 2018 ޑިސެމްބަރ 04 ވާ އަންގާރަ ދުވަހުގެ
11:30އަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފް ކުރެއްވުމަށްފަހު 2018 ޑިސެމްބަރ 10 ވާ ހޯމަ ދުވަހުގެ 11:30އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މައުލޫމާތު ސާފްނުކުރަށްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
28 ނޮވެމްބަރ 2018