މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން

އިޢުލާން

 

މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން

މިއޮތޯރިޓީން 21 މާރިޗް 2018 ގައި ކޮށްފައިވާ ނަންބަރު (IUL)202-L/1/2018/25 އިޢުލާނާއި، 24 މާރިޗް 2018 ގައި ކޮށްފައިވާ ނަންބަރު (IUL)202-L/1/2018/26 އިޢުލާނާއި،  30 މާރިޗް 2018 ގައި ކޮށްފައިވާ ނަންބަރު (IUL)202-L/1/2018/28 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދީފައި އެވާ އިޢުލާނުގައި ބަޔާންކޮށްފައިވާ، މާލޭގައި އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަޑިތަކާއި ގުޅިގެން، ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށް ދިނުމުގައި ދަތިވަމުންދާކަމަށް ހުށަހެޅިފައިވާ ޝަކުވާތަކާއި ގުޅިގެން ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންނާ މަޝްވަރާކުރުމަށްފަހު މުރާޖަޢާކޮށް، މިއަދުން ފެށިގެން 13 ޖަނަވަރީ 2019 ގެ ނިޔަލަށް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް ހަމަޖައްސައިފީމެވެ.

އަމަލުކުރުމަށް ހަމަޖެއްސި ގޮތް

މާލެ ވިޔަފާރި ބަނދަރުން ނެރެގެން ގެންދެވޭ ޕެރިޝަބަލް ލޫސް ކާގޯ (އަންކޮންޓެއިނަރައިޒްޑް ކާގޯ( ކޮންމެ ގަޑިއެއްގައިވެސް މާލެތެރެއަށް ގެންދިއުމުގެ ހުއްދަ ދީފީމެވެ. އަދި ވިޔަފާރި ބަނދަރުން ގުދަންކުރުމަށް ގެންދެވޭ އެންމެހާ މުދާ ކޮންމެ ދުވަހެއްގެ މެންދުރުފަހު 15:00 އިން ފެށިގެން ހެނދުނު 6:00 އާއިދެމެދު މުދާ ނެރެގެން ގެންދިއުމުގެ ހުއްދަ ދީފީމެވެ.

20 ރަބީއުލްއައްވަލް 1440

28 ނޮވެމްބަރު    2018

 

 ދިވެހިސަރުކާރުގެ ގެޒެޓް

  މާލެ، ދިވެހިރާއްޖެ

28 ނޮވެންބަރު 2018
ހޯދާ