މާއެނބޫދޫ މަދަރުސާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ނުވަތަ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމާބެހޭ

މި ސްކޫލްގެ ޕްރިންސިޕަލް ހުންނަވަން 2 ކޮޓަރިއާއި ސިޓިންގ ރޫމަކާއި ކެއްކޭގޮތަށްހުރި ގެއެއް ނުވަތަ އެޕާރޓްމަންޓެއް 1 އަހަރުދުވަހަށް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި، މިސްކޫލްގެ ނަމްބަރު (GS-175/IL/2018/25) ( ނޮވެމްބަރ 15 ،2018) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާފައިނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިފަދަ ޢިމާރާތެއް ކުއްޔަށް ދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ބަލައިގަތުން

2018 ޑިސެމްބަރ 10 ވާ ބުދަ ދުވަހުގެ 11:00 ގައި

2018 ޑިސެމްބަރ 19 ވާ ބުދަ ދުވަހުގެ 11:00 ގައި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކީ ކާކުކަން ބަޔާންކޮށް، އެމީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ހާޒިރުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.    

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.

 

28 ނޮވެންބަރު 2018
ހޯދާ