ދިވެހިރާއްޖެ
ނަންބަރު IUL)MAI-108/PRIV/2018/12)
އިޢުލާން
2018 ވަނަ އަހަރު މި މަދަރުސާގައި މަސައްކަތް ކުރައްވާނެ ޢަރަބި މުދައްރިސުން ބޭތިބުމަށްޓަކައި، މާލެއިން 22 ކޮޓަރި 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ.
ވީމާ، ކޮޓަރި ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި މަދަރުސާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން |
އަންދާސީ ހިސާބު ބަލައިގަތުން |
02 ޑިސެންބަރު 2018 ވާ އާދީއްތަ ދުވަހުގެ 11.00އަށް |
05 ޑިސެންބަރު 2018 ވާ ބުދަ ދުވަހުގެ 11.00 އަށް |
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދެންނެވީމެވެ.
20 ރަބީޢުލް އައްވަލް 1440