ދިވެހިރާއްޖެ
ނ.އަތޮޅުމަދަރުސާ
ނ.މަނަދޫ ،ދިވެހިރާއްޖެ
ނަމްބަރ 27GS35/2015/
އިޢުލާން
ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމާއިބެހޭ.
2019 ވަނަ އަހަރު މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން 2018 ޑިސެމްބަރ 5 ވާ ބުދަ ދުވަހުގެ 11.00 އަށް ސްކޫލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޑިސެމްބަރ 13 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނުނަންބަރު 18/2014)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، ކުންފުނި، ޖަމްޢިޔާތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ޤާނޫނު 19/2014 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި،އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގެންނެވެން ނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވެވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ވަޑައިގަނަވާކަމުގެ ލިޔުމަކާއި، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބުތައް ކެނޑޭނީ އަންދާސީ ހިސާބު ހުށައަޅުއްވާ އެންމެންގެ ހާޟިރުގައިކަމުގައިވާތީ ހުރިހާފަރާތްތަކަކުންވެސް ގަޑިއަށް ވަޑައިގަތުމަށް ސަމާލުކަންދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ 6560003 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.
19 ރަބީއުލްއައްވަލް 1440
27 ނޮވެމްބަރ 2018