ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ޗެމްޕިއަންޝިޕް 2018 (އަންޑަރ 21) ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުން

ޅ. ޗެމްޕިއަންޝިޕް 2018 (އަންޑަރ 21) ފުޓްބޯޅަ މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަމްބަރ: (IUL)231-AH/231/2018/75 (13 ނޮވެމްބަރ 2018) އިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ ޙަވާލާދެވިފައިވާ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާތިލްކޮށް "ޅ. ޗެމްޕިއަންޝިޕް 2018 (އަންޑަރ 21) ފުޓްބޯޅަ މުބާރާތް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މިމުބާރާތަކީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނޭ ޙަރަކާތެކެވެ. މިމުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދެވޭނީ ޅ. އަތޮޅަށް ނިސްބަތްވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޅ. އަތޮޅު ރަށްރަށުގެ ރަށުކައުންސިލް ތަކަށެވެ. 

 

  1. 1.     ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް:

a)     ހުށަހަޅާ ފަރާތުގެޕްރޮފައިލް

b)    މުބާރާތް ހިންގުމުގެ ޤާބިލްކަން: ( ވޭތުވެ ދިޔަ 05 އަހަރު ހިންގާފައިވާ ކުޅިވަރު ޙަރަކާތްތަކުގެ ޚުލާޞާ، ސަޕޯރޓިންގ ޑޮކިޔުމެންޓްސްއާ، ޓެކްނިކަލް އެކްޕަރޓީސްގެ އެފިލިއޭޝަން ސާބިތުކޮށްދޭ ލިޔުންތަކާއެކު )

c)     މުބާރާތް ބޭއްވުމަށް ކަނޑައަޅާ ތާރީޚް ( މިތާރީޚް ވާންވާނީ 2018 ވަނަ އަހަރުގެ ތާރީޚަކަށެވެ. )

d)    މުބާރާތް ހިންގައި ދިނުމަށް ހުށަހަޅާ އަގު ( ބަޖެޓް ތަފްޞީލް އެޓޭޗްކުރަންވާނެއެވެ. )

e)     މުބާރާތް ހިންގުމަށް ފޯރުކޮށްދޭނެ ވަޞީލަތްތައް

f)      މުބާރާތް ހިންގުމަށް ކައުންސިލްއިން ހަމަޖައްސަންޖެހޭ ވަޞީލަތްތައް

 

  1. 2.     އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފިނަމަ، މުބާރާތް ހިންގައިދިނުމަށް ޙަވާލުކުރެވޭނީ ތިރީގައިވާ އިވެލުއޭޝަން ސިސްޓަމްގައި އެންމެ މަތިން ޕޮއިންޓް ސްކޯރ ކުރައްވާ ފަރާތަކާއެވެ.

 

ކްރައިޓީރިއާ

ޕޮއިންޓް ދިނުމަށް ކަނޑައަޅާ ގޮތް

%

ޤާބިލްކަން

1b ވެއެތުވެދިޔަ 05 އަހަރުގެ ތެރޭ ކުޅިވަރު މުބާރާތެއް ހިންގާފައިވުން

25

1b ގައި ޓެކްނިކަލް އެކްސްޕަރޓީސް އާ އެފިލިއޭޓްވެފައިވާ ޑޮކިޔުމެންޓްސް ހުށަހަޅާފައިވާނަމަ

25

1e ގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ފޯރުކޮށްދިނުމަށް ހުށަހަޅާ ވަޞީލަތްތަކުގެ ގިނަކަން ( ޢަދަދު/އަގު)

15

1d ގައި ހުށަހަޅާ އަގު

(Lowest Price / Proposed Price)x25%

35

 

ވީމާ، މިކައުންސިލްއާ ގުޅިގެން ޅ. ޗެމްޕިއަން ޝިޕް 2018 (އަންޑަރ 21) ފުޓްބޯޅަ މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް ޝައުޤުވެރިވާކަން ހާމަކޮށް 06 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީ ( މެއިލް ނުވަތަ ހާރޑްކޮޕީ ) ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސިޓީއާއެކު، މުބާރާތް ހޮސްޓްކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯރސަލް އެޓޭޗްކުރެއްވުން އެދެމެވެ.  ޅ. ޗެމްޕިއަންޝިޕް 2018 (އަންޑަރ 21) ފުޓްބޯޅަ މުބާރާތުގެ ޤަވާއިދު މިކައުންސިލްގެ ވެބްސައިޓް www.lhaviyani.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

27 ނޮވެންބަރު 2018
ހޯދާ