ދިވެހިރާއްޖެ
ތާރީޚް: 27 ނޮވެމްބަރ 2018 ނަންބަރ:GS145/IUL/2018 /045
އިޢުލާން
މިސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެޔެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް 1 (އެކެއް) އަހަރު ދުވަހަށް ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ. ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.
- 2 ކޮޓަރި (އެޓޭޗްޑް ފާހާނާ) އާއި، ސިޓިންގ ރޫމަކާއި، ކައްކައި ކައިބޮއި ހެދޭނެ ތަނެއް ކަމުގައިވުން.
- ގޭގައި އެކުލެވިގެންވާ ހުރިހާތަނަކާއި، ފާހާނާތަކުގައި ތަށިމުށިޖަހައި ސީލިންގ ކޮށްފައިވުން.
- ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކުހަރުކޮށް އަދި ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި މޭޒުހުރުން.
- ސިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ގޭތެރެއިން ލިބޭނެގޮތްހުރުން.
- ގޭގައިހުންނަންޖެހޭ ތަކެތީގެ ލިސްޓްގައި ހިމެނޭ ހުރިހާ ތަކެތި ހަމަޔަށް ހުރުން. (މިލިސްޓް ސްކޫލުން ލިބިލައްވާނެއެވެ.)
|
|||
|
ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ގެ ކުއްޔަށް ދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް، ގޭގެކުރެހުމާއެކު މި ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި ގެޔާއި ގޯތިތެރެ ސާފުކޮށް ގޭގައި ތިބޭ ފަރާތްތަކަށް ކައްކާ ކާންދޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ގޮތަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6640574 އާއި ގުޅުއްވުން އެދެމެވެ.
19 ރަބީޢުލްއައްވަލް 1440
27 ނޮވެމްބަރ 2018