ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 މަގު ބައްތި ޖެހުމުގެ މަސައްކަތް

އިޢުލާން

 

3 މަގުބައްތި ޖެހުމުގެ މަސައްކަތް:

 

                  މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ޑޭޒީމަގުގެ އުތުރުން ހުޅަނގުފަރާތުގައި ހުރި ގޯތިތަކާއި ދިމާއަށް އަލިކުރުމަށް

 3މަގު ބައްތި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި IUL)384-A/2018/51) ނަންބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

                  ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 06 ޑިސެންބަރު 2018ވާ ބުރާސްފަތި ދުވަހުގެ 11.00އަށް

މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 17 ޑިސެންބަރު 2018ވާ ހޯމަ ދުވަހުގެ 11:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

                  މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް

ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ނޮވެންބަރު 2018
ހޯދާ