ދިވެހިރާއްޖެ
މަޤާމު: ފައިނޭންސް އޮފިސަރ
މަޤާމުގެ ނަމްބަރ: J-268876
ބޭނުންވާ ޢަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް 1
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ސެކްޝަން: ކޯޕަރޭޓް އެފެއަރޒް
މަޤާމް އޮތް އޮފީސް: މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރަންޖެހޭ ތަން: މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
މުސާރަ: މަހަކު .5610.00 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު 2000.00 ރުފިޔާ
އިތުރު ޢިނާޔަތް ތައް: 1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
4. ވަޒީފާއާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސް.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި،
ވާޖިބްތައް: 1- މުވައްޒަފުންގެ މުސާރަޝީޓްއާއި، ޕޭމަންޓް ވައުޗަރ އާއި ޚަރަދު ވައުޗަރއާއި، އެހެނިހެން ފައިސާގެ ލިޔުން ތައް ތައްޔާރުކުރުން.
2- ޚަރަދުބަލާ، އެނަލައިޒްހަދާ، ރިކޮންސިލްސަންސްޓޭޓްމަންޓް ތައްޔާރުކުރުން.
3- އަހަރީ ބަޖެޓް ލިޔެ ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ފޮނުވުން.
4- ރައްޔިތުންގެ މާލިއްޔަތު ( ކައުންސިލްގެ އާއްމުދަނީ ) އެކައުންޓްގެ ރިޕޯޓްތައް ލިތައްޔާރުކޮށް ބެލެހެއްޓުން
5- ސަރުކާރުގެ ދާއިރާތަކަށް ފޮނުވަންޖެހޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކުރުން
6- ކައުންސިލްގެ އިދާރާއިން ނީލަންކިޔަން ޖެހޭ ތަކެތި ނީލަންކިޔުމުގެ ކަންތައްތައް ކުރުން
7- ކައުންސިލްގެ ފައިސާއާއިބެހޭ އެންމެހާ ލިޔެކިޔުންތައް ފައިލްކޮށް ރައްކާތެރިކަމާއި އެކު
ބެލެހެއްޓުން.
8- ކައުންސިލް އިދާރާގެ ޚާއްސަ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ކައުންސިލްގެ ޙާއްސަ
މަސައްކަތްތަކުގައި އަމަލީގޮތުން އިސްނެގުމާއުއެކު ބައިވެރިވުން.
- ކޮންމެ އަހަރެއްނިމުމުން މާލީބަޔާން ތައްޔާރުކޮށް އޮޑިޓް އޮފީހަށް ހުށަހެޅުން.9
10- ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.
11- ޚަރަދު ވައުޗަރ ތައް ތައްޔާރުކޮށް ހަރަދުތައް އެނަލައިޒްކުރުން.
12- ހަރަދު އެކައުންޓްތަކުގެ ރަޖިސްޓްރީ ލިޔެބެލެހެއްޓުން.
މަޤާމުގެ ޝަރުޠުތައް: 1- މަޤާމުގެ މަސައްކަތާގުޅޭ ތަޢްލީމީ ރޮގަކުން (އެކައުންޓިންގް / ފައިނޭންސް) ދިވެހިރާއްޖޭގެ ޤައުމީ
ސަނަދު އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް
ފަރާތެއް ހޮވުމަށް ބެލޭނެ
ކަންތައް: * ތަޢްލީމާއި، ތަމްރީން (ކަނޑައެޅިފައިވާއިންސައްތަ %40)
* ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު (ކަނޑައެޅިފައިވާއިންސައްތަ )
* މަސައްކަތުގެ ތަޖްރިބާއަށް (ކަނޑައެޅިފައިވާއިންސައްތަ )
* އިންޓަރވިއު / ޕްރެޒެންޓޭޝަން / ޕްރެޓިކަލްސް (ކަނޑައެޅިފައިވާއިންސައްތަ %40)
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. (މިފޯމް މި އިދާރާގެ
ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ
ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުން
ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތް
ކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ތަޢްލީމީ އިންސްޓިޓިއުޓަކުން
ނުވަތަ ރާއްޖޭގެ ތަޢްލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖޭންބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއް
ނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ
ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި އެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް
ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި،
ޓްރާންސްކްރިޕްޓްގެ ކޮޕީ)
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރިން ސެޓްފިކެޓްތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ
ނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
މަޤާމަށް އެދެންވިގޮތާއި، ތާރީޚް: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޑިސެމްބަރ 2018ވާ ބުދަ ދުވަހުގެ 12:00ގެ
ކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއަށެވެ. ލިޔުންތައް އީމެއިލް
މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ
([email protected]) އެވެ. އަދި ފެކްސް ނަމްބަރަކީ (6540047)
އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި
ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި،
މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 ޑިސެމްބަރ 2018 އާއި 12
ޑިސެމްބަރ 2018 އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް
ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ،
ތަޢްލީމީ ފެންވަރާއި، ތަޖްރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ
މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުންހޮވުމަށް
ކަނޑައަޅާފައިވާ
ކްރައިޓީރިއާގެ ހުރިހާ ބަޔަކުން
އެންމެ ދަށްވެގެން ލިބެންޖެހޭ
ޖުމްލަ އިންސައްތަ: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %45 އަށްވުރެ މަތިވާން ޖެހޭނެއެވެ.
އިތުރު މަޢްލޫމާތު: މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ.
ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ([email protected])
އަށެވެ.
18 ރަބީޢުލްއައްވަލް 1439
26 ނޮވެމްބަރ 2018