އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އދ. އަތޮޅު މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެ

`

 

  އދ. އަތޮޅު މަދަރުސާ

  އދ. މާމިގިލި                            ނަމްބަރ: GS42/2018/20

 

                       

އިޢުލާން

 

ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

މިމަދަރުސާގެ ސެކިޔުރިޓީ  ކޮންޓްރެކްޓް ޢުޞޫލުން 1 އަހަރުދުވަހުގެ މުއްދަތަށް ( 1 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019އަށް ) ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއް ވުމަށްފަހު 12 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ: 2014/18 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ދެވޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިމަދަރުސާގެ ފޯނު: 6680021 އަށް ގުޅުއްވުން އެދެމެވެ.

26 ނޮވެމްބަރ 2018

 

 

 

                                                       

 

26 ނޮވެންބަރު 2018
ހޯދާ