ދިވެހިރާއްޖެ
ކ.ހުރާ މުރީދުގެ ހުރި ބިމުގައި 05 ފްލޯރ އިމާރާތެއް އެޅުމަށް ބޭނުންވާނެ ކުރެހުން ފަރުމާ ކޮށްދީ ބީއޯކިއު
ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ކ.ހުރާ މުރީދުގެ ހުރި ބިމުގައި 05 ފްލޯރގެ އިމާރާތެއް، މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ކުރަހައިދީ،
ބީއޯކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ދެވަނަ އިޢުލާން ނަންބަރ: (IUL)334/334/2018/25 (22 މެއި 2018)އަށް،
އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ، އެ އިޢުލާނު ބާޠިލްކޮށް 03 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 13:00އަށް މި އޮފީހަށް
ދުރުވެ މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 10 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 13:00އަށް މި އޮފީހަށް ދުރުވެ އަންދާސީ
ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ
ވާހަކަ ދެންނެވީމެވެ.
މަތީގައި މިދެންނެވި މަޢްލޫމާތުގެ އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ 6640074 / 7993018 ފޯނާއި ގުޅުއްވައިގެން ކުރިއަށް
ދިޔުން އެދެމެވެ. މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
18 ރަބީޢުލްއައްވަލް 1440 ހ
26 ނޮވެމްބަރ 2018 މ