ދިވެހިރާއްޖެ
އިޢްލާން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2018
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 35 ވަނަ މާއްދާއާއި،57 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދ. މާއެނބޫދޫ ރަށު ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަންޖެހޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 15 ޑިސެމްބަރ 2018 ހޮނިހިރު ދުވަހު ބޭވުމަށް ވަނީ ހަމަޖެހިފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު 2012/R-14 ގެ 8 ވަނަ މާއްދާގައި ބަޔާންކޮއްފައިވާ ތިރީގައިމިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް،ދ. މާއެނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1- އަންހެނުންގެ ތަރަށްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް:
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު 2012/R-14 ގެ 8 ވަނަ މާއްދާގައި ބަޔާންކޮއްފައިވާ ގޮތަށް،އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
1.1 އެރަށެއްގެ ނުވަތަ އެސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރުވެފައިވާ ބުއްދި ސަލާމަތުންހުރި ދިވެހި ރަތްޔިތެއްކަމުގައިވުން.
1.2 އެރަށެއްގައި ނުވަތަ އެސިޓީއެއްގެ އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކުކަމުގައިވުން.
1.3 ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.
1.4 ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
1.5 ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.
1.6 އެއްވެސްމީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނިކައެއް ކުރިކަން އެއްވެސް އިރެއްގައި
ޝަރީޢަތަށް ސާބިތުވެފައި ނުވުން.
1.7 މުސްލިމަކު ކަމުގައިވުމާއި،ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން:
1.8 ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން:
1.9 ވޭތުވެދިޔަ 5 އަހަރު ތެރެގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ މީހަކު ކަމުގައިނުވުން:
1.10 ރަތްޔިތުން އިންތިޚާބުކޮއްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން:
2- އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި:
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު ، ކުރިމަތިލުމަށް އެދޭ މީހާ ، އަންނަނިވި މަޢުލޫމާތާއި، ތަކެތި ، ދ. މާއެނބޫދޫ ކައުންސިލް އަދާރާގެ އިލެކްޝަން ކޮމިޓީއަށް ހުށަހަޅަން ވާނެއެވެ.
2.1 ފުރިހަމަ ނަން:
2.2 އުފަންތާރީޚް:
2.3 ދިވެހިރަތްޔިތެއްކަންއަންގައިދޭ ކާޑް ނަމްބަރު: (ދިވެހިރަތްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު)
2.4 ދާއިމީ އެޑްރެސް: (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
2.5 މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
2.6 އިންތިޚާބަށް ކުރިމަތިލާ ކޮމެޓީ ހިމެނޭ ކައުންސިލް
2.7 ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮއްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން:
2.8 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ޑިޕޮޒިޓް ފައިސާ (ނަގުދު ފައިސާއިން)
2.9 އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ޤަޞްދުކުރާނަމަ އެ ނިޝާން:
2.10 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކްއި ދ. މާއެނބޫދޫ ކައުންސިލް އިދާރާގެ އިލެކްޝަން ކޮމިޓީއަށް ހުށަހަޅާ މަޢުލޫމާތާއި،ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި،ތަކެތި ކަމަށާއި ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޤަވާޢިދު 2012/R-14 ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމްގައިވާ) އިޤްރާރުވެ ، އެ އިޤްރާރު:
އެޕްލިކޭޝަން ފޯމް ދޫކުރުމާއި، ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ނޮވެމްބަރ 26 ވަނަ ދުވަހުގެ ހެނދުނު 9.00 އިން ފެށިގެން 2018 ޑިސެމްބަރ 06 ވަނަ ދުވަހުގެ 13.00 އަށް ރަސްމީ ދުވަސްތަކުގައި ދ. މާއެނބޫދޫ ކައުންސިލް އިދާރާއިންނެވެ. ފޯމް ހިފައިގެން އަންނަ މީހެއްގެ ދިވެހި ރަތްޔިތެއްކަން އަންދައިދޭ ކާޑު (އަސްލު) ގެންނަންވާނެ އެވެ.
ދ. މާއެނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓް ނެގުމަށް ހަމަޖެހިފައިވަނީ 2018 ޑިސެމްބަރ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9.00 އިން ހަވީރު 4.00 އަށެވެ. އަދި ވޯޓް ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓް ނަގާ ނިމޭތާ 30 (ތިރީސް) މިނެޓް ތެރޭގައެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
26 ނޮވެމްބަރ 2018