މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018 އޮބްޒާވަރުންނަށް ހުޅުވާލުން

ނަންބަރު: 13/IUL)425-CB/1/2018)

 

އިޢުލާނު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2018 އޮބްޒާވަރުންނަށް ހުޅުވާލުން

      ޑިސެމްބަރ 15، 2018 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒަރވް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި އިދާރާތަކަށް އެ ފުރުސަތު ހުޅުވާލައިފީމެވެ.

      މިއިންތިޚާބު އޮބްޒަރވް ކުރުމުގެ ހުއްދަ ދެވޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

     1- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން

     2. ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހަކު ކަމުގައި ނުވުން

     3. މަދަނީ ޖަމްއިއްޔާތަކުން ނުވަތަ އަމިއްލަ ގޮތުން ހުށަހަޅާ ފަރާތެއްނަމަ ސިޔާސީ ޕާޓީއެއްގައި އެމީހެއްގެ ނަން ހިމެނިފައިވާ މީހެއް ކަމުގައި ނުވުން

     4. އިންތިޚާބުގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެގެން ހުރި އޮފިޝަލެއްކަމުގައި ނުވުން.

     ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒަރވް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި އިދާރާތަކުން، އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެތަކެތި، މި އިދާރާގެ މާފަންނު އޮފީހަށް ހުށަހަޅަންވާނެއެވެ.

     ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒަރވް ކުރުމަށް ޝައުޤުވެރިވާ އިދާރާތަކަށް ފާސް ދޫކުރެވޭނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ފާހުގެ ޢަދަދު އިތުރުނުވާ ގޮތެއްގެ މަތިންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒަރވް ކުރުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޑިސެމްބަރ 02 ވާ ބުދަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:30 އަށް، މި އިދާރާގެ މާފަންނު އޮފީހުންނެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                           17 ރަބީޢުލްއައްވަލް 1440

25 ނޮވެންބަރު 2018
ހޯދާ