ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއްހޯދުން

އިޢުލާން

                                                ނަމްބަރ: GS039/2018/14

 

2019 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން

 

     2019 ޖެނުއަރީ 01 ން 2019 ޑިސެމްބަރ 31 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2018 ނޮވެމްބަރ 29 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 11:00 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ،  2018ޑިސެމްބަރ 06 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ސްކޫލް އޮފީހަށް ދުރުވެ ދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑް ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

     މިބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރ 18/2014 ( ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 19/2014 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު )ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިސްކޫލްގެ ނަމްބަރ 6500046 އާ ގުޅުއްވުން އެދެމެވެ.

                25  ނޮވެމްބަރ    2018

25 ނޮވެންބަރު 2018
ހޯދާ