މަސައްކަތް ކުރަންޖެހޭތަން
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް (ހިތަދޫ ، އައްޑޫ ސިޓީ)
|
އަސާސީ މުސާރަ
|
-/3000 (ތިން ހާސް) ރުފިޔާ
|
ސަރވިސް އެލަވަންސް
|
1. ސަރވިސް އެލަވަންސް: ހާޒިރުވާ ދުވަހަށް -/150 (އެއްސަތޭކަ ފަންސާސް ރުފިޔާ)
|
ލިވިންގ އެލަވަންސް
|
ލިވިންގ އެލަވަންސް : -/1000 (އެއްހާސް ރުފިޔާ)
|
އަސާސީ ޝަރުތު
|
- ގްރޭޑް 7 ގެ ފެންވަރު ހުރުން.
- އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
|
އެހެނިހެން ޝަރުތު
|
- މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
- ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
މަގާމުގެ މަސްއޫލިއްޔަތު
|
- މިއޮފީހުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ އަދި އެހެނިހެން ތަކެތި ރައްދުކޮށްދިނުން.
- އޮފީހުން އަންގާގޮތެއްގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
- އޮފީސް ޢިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުމާއި ބެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
- އޮފީހުގެ މަރާމާތުތަކުގެ މަސައްކަތުގައި އެހީތެރިވުން.
- އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތުގައި އެހީތެރިވުން.
- މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، މިއޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައި).
- ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ ކުރިންއުޅެފައިވާ މީހަކުނަމަ، އަދާކުރައްވަމުންއަންނަ ނުވަތަ ކުރިންއަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
|
ކޮންޓްރެކްޓް މުއްދަތު އަދި އާކުރެވޭ އުސޫލު
|
ކޮންޓްރެކްޓް މުއްދަތަކީ 1 (އެކެއް) އަހަރު ދުވަހެވެ. އެއަށްފަހު ކޮންޓްރެކްޓް މުއްދަތުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މަސައްކަތުގެ ފެންވަރު ރަގަޅުނަމަ އާކުރެވިދާނެއެވެ.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި
|
6 ޑިސެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ). ނުވަތަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހަށް (ޝަރަފުއްދީންމަގު، ހިތަދޫ ، އައްޑޫ ސިޓީ).
|
އިތުރު މަޢުލޫމާތު
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ
ފޯނު ނަންބަރު: 3348200
ފެކްސް ނަންބަރު: 3316430
އީމެއިލް އެޑްރެސް: [email protected]
|