ދިވެހިރާއްޖެ
ނަމްބަރ: 22/GS-200/2018
ކުދި މަސައްކަތްކޮށްދޭ ފަރާތްތައް ރަޖިސްޓްރީ ކުރުން
މި މަދުރަސާގައި ކުރަންޖެހޭ 35000.00 ( ތިރީސް ފަސްހާސް ރުފިޔާ ) އިން ދަށުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަދުރަސާގައި ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަދުރަސާއަށް ވަޑައިގެން މިކަމަށް ދޫކުރާ ފޯމް ނެންގެވުމަށްފަހު ، މުއްދަތުގެތެރޭގައި ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރާނީ 2018 ނޮވެމްބަރ 25 – 29 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެންދުނު 9.00 ން 13.00 ށެވެ. ފޯމް ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ 2018 ޑިސެމްބަރ 3 ވާ ހޯމަ ދުވަހުގެ 13:00 ށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 7983037 މި ނަންބަރަށެވެ.
14 ރަބިޢުލް އައްވަލް 1440
22 ނޮވެމްބަރ 2018
އަލީ މުނީރު
ގ.ލީޑިންގ ޓީޗަރ
( ހިންގުމާ ހަވާލުވެ ހުރި )